ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. 
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކަށް ސިޓީއަށް އަދި ގދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެގޮތުން އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. 
މެޓް އޮފީހުން ވިދާޅުވީ މިސަރަޙައްދުތަކުގެ އިތުރުން، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގައި އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ. 
މެޓް އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާކަމެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
    
    މޫސުން ގޯސް؛ ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް އަންގައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            