ގިނަ ދުވަސްތަކަކަށްފަހު ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މިއަދު ހަވީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފި އެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ ވާރޗުއަލްކޮށްކަމަށެވެ. މިނިއުސްކޮންފަރެންސް އޮންނާނީ މިއަދު ހަވީރު 16:00 ޖަހާއިރުއެވެ. ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.މިސަރުކާރުން ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސަރުކާރުން ދެއްވާނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ