ވަޒީފާގައި ތިބެ ތަމްރީނު ހޯދާ ޕްރޮގްރާމެއް އެސްޓިއޯއިން

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ގޮތުން އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްފި އެވެ.މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. ޓިވެޓުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އާމިނަތު އަސްރާ އެވެ.މި އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ މަސައްކަތުގެ މާހައުލުގެ ތެރޭގައި އުޅެމުން ހުނަރު ދަސްކުރުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭނެ އެވެ.މި ޕްރޮގްރާމުގައި 50 ބައިވެރިންނަށް ފުރުސަތު ދޭން ނިންމާފައިވާއިރު ރީޓެއިލް ސާވިސް، އޮޓޮމޯޓިވް މެއިންޓެނަންސް އަދި އިލެކްޓްރީޝަނުންނާއި އައިޓީ ޓެކްނީޝަނުން ތަމްރީނު ކުރާނެ އެވެ.މި ޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ