މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ބޯކޮށް ވާރޭ ވެހި ތ ހިރިލަންދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް އަބްދުﷲ ޚަލީލް ވިދާޅުވީ މިއަދު ހުކުރު ވަގުތުން ފެށިގެން މެދުނުކެނޑި ތިން ގަޑިއިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ އެ ގޭގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށެވެ.
“ޖުމްލަ ހަ ގެއެއްގެ ތެރެއަށް ފެންވަދެފައިވަނީ، އަލަމާރި ފަދަ ތަކެތި ހަލާކުވެފައިވޭ، ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްގެސް އަދި ރައްޔިތުން ނެރެގެން ރަށުގެ ހަތަރު ސަރަހައްދެއްގައި ކޯރު ކޮނުމުގެ މަސައްކަތް ކުރިއަށްދަނީ، އަދި ބައެއް ސަރަހައްދުތަކުގައި ޕަމްޕަ ޖައްސަލައިގެން ފެން ހިއްކުމުގެ މަސައްކަތްވެސް ހަމަ ކުރިއަށް” ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ އެ ހުރިހާ މަސައްކަތެއް ކުރިނަމަވެސް މި ވަގުތަކީ ދިޔަވަރު ބޮޑު ވަގުތެއް ކަމުން މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށާއި އުޑުމަތި އަދިވެސް ބޯކޮށް އޮތުން ރައްޔިތުން ތިބީ އިތުރަށް ހާލަތު ގޯސްވެދާނެ ކަމަށް ތައްޔާރަށް ކަމަށެވެ.
ބޯކޮށް ވާރޭ ވެހި ހިރިލަންދޫގައި ފެންބޮޑުވެފައިވާއިރު ނ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަވަޔާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ.
ބޯކޮށް ވާރޭ ވެހި ހިރިލަންދޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ، ރައްޔިތުން ނިކުމެ ކޯރު ކޮންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ