ހުޅުމާލެ ފޭސް2 ގައި އަޅާފައިވާ ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ. 
ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ހިޔާފްލެޓްތަކުން ކަރަންޓް ކެނޑިފައިވަނީ ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ކޮނުމުގެ ތެރޭގައި ގެއްލުންވެގެންކަމަށެވެ. ޓަވަރުތަކުން ކަރަންޓް ކެނޑިފައިވަނީ ގާތްގަނޑަކަށް 09:30 ހާއިރުއެވެ. 
އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓި ކެނޑުމުގެ ސަބަބުން، ޓަވަރުތަކުގެ އެންމެ މަތީގައި ހުންނަ ފްލެޓްތަކަށް ފެނުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ. ފްލެޓްތަކަށް ފެނުގެ ހިދުމަތް ކެނޑިފައިވަނީ ބޫސްޓަރ ޕަންޕަށް ކަރަންޓް ނުލިބޭތީ ޓަވަރުތަކުގެ މައްޗަށް ފެން ނުފޮނުވިގެންނެވެ. 
25 ބުރިއަށް އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުމުން، ލިފްޓް ބޭނުންނުކުރެވޭތީ ފްލެޓްތަކަށް އަރާ ފޭބުމުގައިވެސް އެކިދަތިތަށް ކުރިމަތިވަމުން އަންނަކަން ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
    
    ކޭބަލަކަށް ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            