މޯލްޑިވިއަން ފްލައިން ސްކޫލް ހިންގަން ގަން އެއާޕޯޓާއެކު ސޮއި ކޮށްފި

އައްޑޫ ސިޓީ ގަމުގައި މޯލްޑިވިއަން އިން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލާއި ގުޅޭ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު ސޮއި ކޮށްފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިންގް ސްކޫލް ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތަންދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފި. pic.twitter.com/b0HnOmT4Vr
— Maldivian (@MaldivianAero) October 28, 2021
އައްޑޫގައި މީީގެކުރިން ފްލައިން ސްކޫލް ހިންގަމުން އައިސްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.
އެއްބަސްވުން އާނުކުރަން ނިންމިއިރު އެ ސްކޫލްގައި ކިޔަވަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.
މޯލްޑިވިއަން އިން އައްޑޫގައި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ދަށުން އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.
އެ ސްކޫލްގެ ކިޔެވުން އަންނަ ޑިސެމްބަރުގައި ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އޭއޭއޭ އިން ހިންގި ފްލައި ސްކޫލަށް ފައިސާ ދައްކައި ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ