ރިޟްވާންގެ މައްސަލަ ނުބަލާކަށްވެސް ހުއްޓާލާކަށްވެސް ޔާމީން ނާންގާ: އުމަރު ނަސީރު

ގެެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރަށް އެނގި ކަމަށް ބުނާ މައްސަަލަ އުމަރު ދޮގުކުރައްވައިފިއެވެ.
ރައީސް ޔާމީން ކެބިނެޓްގެ ގްރޫޕެއްގައި ދައްކަވާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކަކާއި ގުޅިގެން ބައެއް ނޫސްތަކުގައި ލިޔެފައިވަނީ ވަނީ ރިޟްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް އެންގެވި ކަމަށެވެ.
މިކަމާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވަނީ އެ ޗެޓްލޮގަކީ ތެދެއްކަމަށާއި އެހެންނަމަވެސް ރައީސް ޔާމީނު ވިދާޅުވީ ރިޟްވާނުގެ މައްސަލަ ތަހުގީގު ކުރުމަށް 100 އޮފިޝަލުން ހަމަޖައްސައިފާވާއިރު އިތުރަށް ފުލުހުންނާއި ސިފައިން އެކަމަށްލާން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ރިޟްވާންގެ މަރާ ގުޅިގެން އަންގާރަ ދުވަހު ރައީސް ޔާމިން މަރުކޮމިޝަނަށް ހާޒިރު ކުރުމުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ރިޟްވާންގެ މަރުގެ މައްސަލާގައި މިހާރު ކުރިއަށް ދަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިލްވާން ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅީގެ ތަހުލީލުތައް ހެދުމެވެ. އެގޮތުން، އެ ވަޅި ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި އެ ވަޅިއާ ބެހޭ ސާބިތު ހިފޭ މައުލޫމާތު ގެނެސްދިން މީހަކަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
ރިޟްވާންގެ މަރުގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ