އެންމެ ފަހުގެ ކަރަންޓު ބިލް ބޮޑުވި ސަބަބު ސްޓެލްކޯއިން ސާފުކޮށްދީފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކަސްޓަމަރުންގެ ބިލްތައް ބޮޑުވެފައިވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން މަހާއި އަޅާބަލާއިރު ޖުލައިމަހުގެ ބިލް ބޮޑުވެފައިވާކަމަށް ގިނަ ބަޔަކު ވަނީ މީސް މީޑިއާގެ ވަސީލަތްތަކުގައި ފާހަގަކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން "ވޮއިސް"އިން ސުވާލުކުރުމުން، ސްޓެލްކޯއިން ވަނީ ބިލްތައް ބޮޑުވެފައިވާ ސަބަބު ސާފުކޮށްދީފައެވެ. އެކުންފުނީގެ ހެޑް އޮފް ކަސްޓަމަރ ސާރވިސް، ހުސައިން ފަހުމީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިލްތައް ބޮޑުވެފައިވަނީ ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން ސަރުކާރުން ދެމުންދިޔަ ސަބްސިޑީ މި މަހުގެ ބިލްގައި ހިމެނިފައި ނުވުމުންކަމަށެވެ.
އެހެންކަމުން ޖޫން މަހުގެ ބިލާއި އަޅާބަލާއިރު ޖުލައި މަހުގެ ބިލަށް އަރާނެ އަދަދު ބޮޑުވާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ވަނީ އެކުންފުނީގެ ޚިދުމަތްތަކުން ނަގާ އަގުގައި، ނުހައްގުން ފައިސާއެއް ނުނަގާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދީފައެވެ. ސްޓެލްކޯއިން ދަނީ އެކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ނިންމާލާފައިވާ ސްޓެލްކޯ ފިފްތު ޕަވަރ ޕްރޮޖެކްޓަކީ އޭގެ ރަނގަޅު މިސާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ