ދީނީ ގަބޫލުކުރުން ތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާ އިތުރުވޭ: މެމްބަރު އީވާ

ދީނީ ގަބޫލުކުރުން ތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތައް ރާއްޖޭގައި އިތުރުވަމުންދާކަމަށް މަޖިލިސް މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ “ދީނީ ގަބޫލުކުރުން ތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތައް ރާއްޖޭގައި އިތުރުވަމުންދާ”ކަމަށާއި “އަމިއްލައަށް ތިމަންނަމެންނަކީ ދީނީ ޕާޓީއެއްކަމަށް ބުނެގެން އަދާލަތު ޕާޓީން ދަނީ ދީން ބޭނުންކޮށްގެން އަންހެނުން ބިރުގަންނަވަމުން”ކަމަށެވެ.އިނގިރޭސި ވިލާތުގެ ނޫހެއްކަމަށްވާ އިންޑިޕެންޑެންޓަށް ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި މެމްބަރު އީވާ އިތުރަށް ހާމަކޮށްފައިވަނީ “ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން އަންހެނުންނަށް ތަފާތު ކުރާކަމަށާއި ހައްދުޖަހަން ޙުކުމް ކުރާ މީހުންގެ 90 އިންސަތަ އަކީ އަންހެނުންގެ މައްޗަށް ކުރާ ޙުކުމްތައް”ކަމަށެވެ. އަދި މީގެ އިތުރުން އީވާ ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުންނާއި އެހެން ގައުމުތަކުން ރާއްޖެއަންނަ ފަތުވެރިން ވެސް ރާއްޖެއައުމަށް ޓިކެޓް ނެގުމުގެ ކުރިން މިދިޔަ އަހަރު ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތުގައި އަންހެނުންގެ ވޯޓްވެސް ފޭރިގެންފައިވާ ކަން އެޓުވަރިސްޓުންނަށް އެނގެން އެބަޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ