އަނބުރާ ކަރަންޓް ދީފި

މިރޭ ކަރަންޓް ކެނޑުނު މާލޭގެ ބައެއް ސަރަހައްދުތަކަށް އަނބުރާ ކަރަންޓް ދީފިއެވެ. ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިރޭ ސަން އަށް ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އަނބުރާ ކަރަންޓް ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވީ ސްޓެލްކޯގެ ކުޑައިންޖީނަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. މިރޭ މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނުގެ ބައެއް ހިސާބުތަކާއި މައްޗަންގޯޅީގެ ބައެއް ހިސާބުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ