ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވަރަށް ބޮޑަށް މޫސުން ގޯސް ވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވަރަށް ބޮޑަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑުގަދަވެ ވައިގަދަވާނެއެވެ. އަދި އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.މެޓް އޮފީހުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނު އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާ ގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެއެވެ.މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އަންގާފައިވާއިރު އިއްޔެވެސް ދޯންޏެއް ވަނީ އަޑިއަށް ގޮސްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ