ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ބެންޗުގައި ހުސްކޮށް އޮތް ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ފާސްކުރީ 55 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ހަމަ އެ ކޯޓަށް ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމަށް ރުހުން ދޭން ފާސްކުރީ 63 މެންބަރުންގެ އިއްތިފާގުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން އެ ކޮމިޝަނުން ވެސް ލަފާ ދިނީ އެ ދެ ބޭފުޅުން އައްޔަން ކުރުމަށެވެ.
ސްޕްރީމް ކޯޓްގެ ބެންޗުން މަދުވާ 2 ފަނޑިޔާރުންގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކްރިމިނަލް ކޯޓް ހިންގުމާއި ހަވާލުވެ ހުންނެވި ޤާޟީ ޢަލީ ރަޝީދު ޙުސައިން އާއި މަޝްހޫރު ޤާނޫނީ ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހީމް ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީކޮމިޓީއަށް ފޮނުވައި ވަނީ ވޭތުވެ ދިޔަ މަހުއެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ޙުސައިން ވަނީ ސްޕީރިއަ ހިނަ ކޯޓްތަކެއްގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓް ހިމެނެއެވެ. ޢަލީ ރަޝީދު މިހާރު ހުންނެވީ ކްރިމިނަލް ކޯޓްގެ ޤާޟީއެއްގޮތުން އެކޯޓް ހިންގެވުމާއެވެ. ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މަޝްހޫރު ޤާނޫނީ ވަކީލެކެވެ.
އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ