ކޮވިޑް19: ރައީސުލްޖުމުހޫރިއްޔާ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ!

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ސްޕޯކްސްޕާރސަން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރައިސުލްޖުމުހޫރިއްޔާ ދެއްވާ ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު ހަވީރު 16:45ގައި ކަމަށެވެ.
ކޮވިޑް19ގެ ހާލަތާއި ގުޅޭގޮތުން މީގެ ރައީސުލްޖުމުހޫރިއްޔާ ވަނީ ގައުމާ މުހާތަބު ކުރައްވާފައެވެ. އެ ދުވަހު ރައީސް ވަނީ މީގެ ކުރިން ރާއްޖެ ދެކެފައިނުވާ ފަދަ ދުވަސްތަކެއް ފެންނަން ފަށާފައިވާ ކަމަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ