ޝަރުއީ ދާއިރާގެ ރަސްމީ ގަޑި ބަދުލުކޮށްފި

ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަނޑިން އެއް ގަޑިއިރު މަދުކޮށް ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ކަމަށް ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ކަމަށެވެ. އެ ބަދަލާ އެކު މީގެ ކުރިން ދެމުން އައި އެއް ގަޑިއިރުގެ ހުސްވަގުތުގެ ބަދަލުގައި ދެން ދެމުން ދާނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން 12:00 އާއި 13:00 ދެމެދުގައި ތިރީސް މިނެޓްގެ ހުސްވަގުތުކޮޅެއް ކަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ. އަދި ކޯޓާއި އިދާރީ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެ މަތިން ހުސް ވަގުތުތައް ހަމަޖެއްސުމަށް އެދޭ ކަމަށް ވަނީ ބުނެފައެވެ. ޝަރުއީ ދާއިރާގެ ރަސްމީ ގަޑި އަށް ބަދަލުގެނައި ނަމަވެސް ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް އެ އެންގުމުގައި ވަނީ ބުނެފައެވެ. މީގެ ކުރިން ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށެވެ. އާ ބަދަލަށް އަމަލުކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ