ދިވެހިރާއްޖެއަކީ ވިޔަފާރިއާއި އިގްތިސޯދީ ދާއިރާގައި ފަހި މާހައުލެއް އޮތް ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ޝަރުއީ ދާއިރާ ގުޅިގެން ކުރިއަށް ގެންދާ މަަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
ހޮޓެލް ޖެންގައި އެއް ދުވަހުގެ މުއްދަތަކަށް މިބައްދަލުވުން ކުރިއަށް ދަނީ "ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގަ އެވެ.
މިބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
މިބައްދަލުވުމަކީ ވޯލްޑް ބޭންކްގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ ލިސްޓް ކުރެވޭ ދަރަޖަ މައްޗަށް ޖެއްސުމަށް ސަރުކާރުން ބޭނުންވާތީ އެކަމަށް މަގުފަހިކުރުމަށް ޝަރުއީ ދާއިރާގެ ތެރެއިން ކުރަންހުރި ކަންކަން ދެނެގަނެ އެކަން ކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ވިޔަފާރިއާއި އިގްތިސޯދާއި ގުޅުންހުރި މައްސަލަތަކުގައި ޝަރުއީ ދާއިރާއިން އަމަލުކުރާ އުސޫލުތަކާއި އިޖުރާއަތްތަކާއި، ޝަރުއީ ދާއިރާގެ އިދާރީ އިންތިޒާމުތަކުގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންކަމާއި، ވިޔަފާެރީގެ ކަންކަމުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަމާއި، އެކަން ކުރެވިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިބައްދަލުވުމުގައި ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސިވިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަމާއި ގުޅުންހުރި ބޭފުޅުންގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެ އެވެ.
ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުމަށް ޝަރުއީ ދާއިރާގެ ތެރެއިން ކުރެވިދާނެ ކަންކަމާ ގުޅޭ ބައްދަލުވުމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ