8 ރަށެއްގެ އިންޖީނުގެ އެކަހެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފި

އަށް ރަށެއްގެ އިންޖީނުގެ އެކަހެރި ހިސާބުތަކަށް ބަދަލުކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ މިމަސައްކަތުގެ ދަށުގެ މިމަހު ތ. ގާދިއްފުށީ އިންޖީނުގެ މިހާރު ބަދަލުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި އިންޖީނުގެތައް އެކަހެރި ހިސާބުތަކަށް ބަދަލުކުރުމަށް ބަޖެޓް ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
ފެނަކައިން ބުނީ މުވައްޒަފުންނާއި، އިންޖީނުގެއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ގިނަ ރަށްރަށުގެ އިންޖީނުގޭގެ ވަށާފާރު ރޭނުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޅ. ނައިފަރުގެ އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް މިހާރު މުޅިން ނިންމާލެވިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން އިތުރަށް ބުނީ ތެޔޮ ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރުމަށް 22 ރަށެއްގައި މެއިން ފިއުލް ސްޓޯތަކެއް މިއަހަރު ތެރޭގައި ގާއިމްކުރެވޭނެ ކަމަށާއި، އަދި މިހާރު ކުރިއަށް ދަނީ ބިން ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މަސައްކަތް ފުޅާކޮށް ވިޔަފާރީގެ އިތުރު ދާއިރާތަކަކަށް ވަނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ