ރައީސް މައުމޫންގެ ދޮށީ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް އެޕާޓީގެ ސުލޫކު ކޮމެޓީން ނިންމައިފި އެވެ.
ފާރިޝް މައުމޫންގެ އިތުރަށް މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންއާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އައިމިނަތު ނާދިރާވެސް ޕާޓީން ވަކިކުރުމަށް ސުލޫކު ކޮމެޓީން ވަނީ ނިންމާފައެވެ.
މިތިން ބޭފުޅުން ޕީޕީއެމްއިން ވަކިކުުރުމަށް ނިންމީ މިއަދު ބޭއްވި ސުލޫކް ކޮމެޓީގެ ބައްދަލްވުމަށް އެތިން ބޭފުޅުން ހާޒިރުވުމަށް އަންގާފައިވަނިކޮށް އެބޭފުޅުން ކޮމެޓީއަށް ހާޒިރުނުވުމުން ޣައިރުހާޒިރުގައި މައްސަލަ ބެލުމަށްފަހުއެވެ. ސުލޫކު ކޮމެޓީގެ ބައްދަލްވުން މިއަދު ބާއްވާފައިވަނީވެސް ޕީޕީއެމް އޮފީހުން ބޭރުގައި ހ. ކޮރަލް ރީފް ގައެވެ.
ޒައިދުއާއި ނާދިރާ ވަނީ ސުކޫލް ކޮމެޓީގެ ބައްދަލްވުން ޕާޓީގެ އޮފީހުން ބޭރުގައި ބޭއްވުމަށް ނިންމުމާއި، ލިބިފައިވާ ވަގުތުކޮޅު ކުޑަކަމުން ކޮމެޓީ ބަދަލުވުމަށް ހާޒިރުވެވެން ނެތްކަމަށް އަންގާފައިވާކަމަށް ބުނެފައެވެ.
ފާރިޝްއާއިމެދު ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް އެދިފައިވަނީ ޓްއަރިޒަމްގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށައެޅި އިސްލާހަށް ވޯޓް ދިނުމަށް ޕީޕީއެމްއިން ތްރީލައިން ވިޕް ނެރެފައިވަނިކޮށް އެ ނިންމުމާއި ދެކޮޅަށް ފާރިޝް ވޯޓް ދެއްވުމާއި ގުޅިގެންނެވެ.
ފާރިޝްއާއި ނާދިރާ އަދި ޒައިދު މިއަދު ޕާޓީން ވަކިކުރަން ނިންމާފައިވަނީ ޕީޕީއެމްގެ އެއްވެސް ކޮމެޓީއެއް ރައީސް މައުމޫން ހުއްދަނެތި ނުބޭއްވުމަށް އެމަނިކްފާނު އަންގާފައިވަނިކޮށެވެ.
ފާރިޝް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ