އަބްދުﷲ ގާޒީއަށް ފަނޑިޔާރުގެއާ 100 މީޓަރަށް ވެސް ކައިރި ނުވެވޭނެ: ރައީސްގެ އޯޑިއޯ

ސިފައިންގެ ބެލުމުގެ ދަށުގައި މިހާރު ގެންގުޅެމުން އަންނަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެމަނިކުފާނުގެ ވެރިކަމުގައި ދެން ފަނޑިޔާރުގެއާ ކައިރި ނުވެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އޯޑިއޯ ރެކޯޑިންއެއް ލީކުވެއްޖެ އެވެ.
"މި ވެރިކަމަކު އޭނާއެއް ދެން ފަނޑިޔާރުގެ އަށް ނުދާނެ. ދެން އެއީ ގިރިފުށީގައި އޭނާ ހުންނަ ހުރުމުގެ ސަބަބުން ނުދިޔަޔަސް އަދި ދޫކޮށްލިޔަސް ވެސް އަޅުގަނޑު ވަރަށް ސާފުކޮށް އަންގާނަން ސިފައިންނަށް، އޭނާއަކަށް ފަނޑިޔާރުގެއަކާ 100 މީޓަރާ ގާތަށް ކައިރިއެއް ނުވެވޭނެއޭ. ނުވެވެވޭނެ. ހަމަ ނުވެވޭނެ،" އެ އޯޑިއޯގައި ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް އިތުބާރާ އެކީގައި ދަންނަވަން، އަޅުގަނޑު ވެރިކަމުގައި ހުއްޓާ އަބްދުﷲ މުހަންމަދަކަށް ދެން އިރާދަކުރެއްވިއްޔާ ފަނޑިޔާރުގެއަކާ 100 މީޓަރަށް ވުރެން، ކުޑަކުއްޖަކާ ވެސް 100 މީޓަރަށް ވުރެ ގާތް ނުވެވޭނެ. އެއީ މައްސަލަ ހުންނަ މީހަކަށް ވެއްޖިއްޔާ." listen to ‘Leaked Audio of President Nasheed - 2’ on Audioboo
(function() { var po = document.createElement("script"); po.type = "text/javascript"; po.async = true; po.src = "http://d15mj6e6qmt1na.cloudfront.net/assets/embed.js"; var s = document.getElementsByTagName("script")[0]; s.parentNode.insertBefore(po, s); })();
ރައީސް ވިދާޅުވީ އެ މަގަށް އެކަންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި އޯޑިއޯ ރެކޯޑިން އަކީ ކޮން އިރަކު އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް ކަމެއް ނޭނގެ އެވެ. އެކަމަކު މިދިއަ ބުރާސްފަތިދުވަހު ސިފައިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގެ ރެކޯޑިން އެރޭ ވަނީ ލީކުވެފަ އެވެ. އޭގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ހުކުމްތައް ތަންފީޒުކުރެވެން ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ފަނޑިޔާރުންނަށް މުސާރަ ނުދޭން ގަސްދުކުރައްވާ ކަމަށް ވެސް އެ އޯޑިއޯގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ