އަބްދުﷲ ގާޒީއަށް ބިރުދެއްކި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ދީފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އަށް ބިރުދައްކާ އިންޒާރު ދިން މައްސަލައިގައި ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ. އަބްދުﷲ ގާޒީ ރ. މާކުރަތަށް ވަޑައިގަތުމުން އޭނާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދެ މީހެކެވެ. ދެން ތިބި ހަތަރު މީހުންނަކީ އެ ދެ މީހުން ހައްޔަރުކުރަން ދިޔަ ފުލުހުންނަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު މީގެ ތިން ދުވަސް ކުރިން އިތުރުކޮށްފައި ވާއިރު ދެން ހުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މީގެ އެއް ދުވަސްކުރިން ކަމަށެވެ. އަދި އެ އެންމެންވެސް ބަންދުގައި ބައިތިއްބަން އަމުރުދީފައިވަނީ 15 ދުވަހުގެ މުއްދަތަކަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެނގިފައިވާގޮތުގައި އަބްދުﷲ ގާޒީ މާކުރަތަށް ވަޑައިގަތީ އޭނާގެ އަމިއްލަ ރަށް ކަމަށްވާ ހުޅުދުއްފާރަށް ވަޑައިގަންނަވަން ދިޔަ ދިއުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ