ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓު ފަޅާލައި 7000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިލަދޫ މެޖިސްރޭޓްކޯޓަށް ވަދެފައި ވަނީ އެތާގެ ކުޑަދޮރެއް ހަލާކުކޮއްލައިގެން ވައްކަންކޮށްފައިވަނީ މިއަދު ހެނދުނުކަމަށެވެ.
މި މައްސަލައާގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެފަރާތުން ބުނެއެވެ.
ވޭތުވިދިޔަ އަހަރު ތަކުގައި މިލަދޫގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
މިލަދޫ ކޯޓުން 7000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ