ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދާއެކު ވެސް އަދި އަބްދުﷲ ޔާމީނާއެކު ވެސް ގާސިމް އިބްރާހިމް އަދި ކޯލިޝަން ހައްދަވާފައި ނުވާ ކަމަށާއި އެފަދަ ކަމަކާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް އެ ދެބޭފުޅުންނާއެކުވެސް އަދި އެމްޑީޕީ އާއި ޕީޕީއެމާއެކު ވެސް އަދި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް ގާސިމްގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލް މިއަދު ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯލިޝަނެއް ހެދުމަށް ރައީސް ނަޝީދާއި ޔާމީނާއެކު ގާސިމް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށާއި ނަމަވެސް ކޯލިޝަން ހެދުމާ ބެހޭ ގޮތުން އެމްޑީޕީއާއި ރައީސް ނަޝީދުގެ ފަރާތްޕުޅުންނާއި ޕީޕީއެމާއި ޔާމީންގެ ފަރާތްޕުޅުން ފޯން ކޯލާއި އެސްއެމްއެސް އާއި އެކިއެކި ބޭފުޅުން މެދުވެރިކޮށް ގާސިމާ ހަމައަށް ކޯލިޝަން ހެދުމާބެހޭ މެސެޖުތައް އައިސްފައިވާ ކަމަށެވެ.
"އަދި ގާސިމާ ގާތް ބޭފުޅުންނާއި ޖުމްހޫރީ ގުޅުމުގެ ބައެއް ބޭފުޅުން މެދުވެރިކޮށް ވެސް އެ މެސެޖް އެބައާދޭ. ނަމަވެސް މިހާތަނަށް ވެސް އެއިން ކަމަކާބެހޭ ގޮތުން ގާސިމް މަޝްވަރާ ކުރައްވާފައެއް ނުވޭ. އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލްގައިވެސް އެކަމަށް މަޝްވަރާކޮށްފައެއް ނުވޭ. ޖުމްހުރީ ގުޅުމުގެ އިސް ފަރާތްތައްވެސް އެ މަޝްވަރާއެއް ނުކުރޭ. ގާސިމް ވަކި ބޭފުޅަކާއެކު ކޯލިޝަން ހަދާ ކަމަށް ނުވަތަ ހަދަން ވަހަކަ ދެއްކެވި ކަމަށް ވެސް މިހަތަނަށް އެކި ދިމަ ދިމާއިން ދެކެވިފައިވާ އެއްވެސް ވާހަކައެއްގައި ހަގީގެއް ނެތް. އެމަނިކުފާނު އަދި އެކަމަށް ގޮތެއް ނިންމާފައެއް ނުވޭ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ކޯލިޝަނެއް ހެދުމަށް ގާސިމް ރައީސް މުހައްމަދު ނަޝީދާ ގުޅުއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެފަދަ ކަމަކާ ބެހޭ ގޮތުން ވެސް އަދި އެނޫން ކަމެއް ކަމެއްގައި ވެސް ގާސިމް ރައީސް ނަޝީދަށް ފޮނު ކުރައްވާ އެސްއެމްއެސް ކުރައްވާފައި ނުވާ ކަމަށެވެ.
"އެކަމަކު ނަޝީދު އެބަ އޮތް ގާސިމަށް އެސްއެމްއެސް ކުރައްވާފައި ކޯލިޝަން ހަދަން އެދި. އެ އެސްއެމްއެސް އަށް ގާސިމް އަދި އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވޭ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ކޯލޝަން ހެދުމުގެ ވާހަކަތައް ދެކެވޭ އިރު ގާސިމް ރިޔާސީ ރޭހަށް ނުކުމެ ވަޑައިގެންނެވި ސަބަބު އޮތް ގޮތަށް އެބައޮތް ކަމަށާއި އެކަން ކަމަށް އަދި ނިމުމެއް ނެތް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ތަރައްގީ ގައިމް ކޮށްދެއްވުން ކަމަށެވެ.
ކޯލިޝަނެއް ހަދަން އެއްވެސް ފަރާތަކާއެކު ގާސިމް ވާހަކަފުޅެއް ނުދައްކަވާ: ހަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ