ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް އެހެން އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ފަތަށް ވަޑައި ނުގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލަލީލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނާ ގުޅިގެން މިހާރު ދެކެވޭ ބައެއް ވާހަކަތަކަކީ އެކަން ކަމުގައި ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް އެމަނިކުފާނު ވަޑައި ނުގަންނަވާނެ ކަމަށެވެ. ރިޔާސީ ކެންޑިޑޭޓެއް ފަހަތަށް ވަޑައިގަތުމުގެ ބަދަލުގައި އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއެކުގައި، ރައްޔިތުންގެ ފަހަތުގައި ކަމަށެވެ. އެ ނިންމެވުން އެގޮތުގައި އޮންނާނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
"އެއްވެސް ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް ގާސިމް ވަޑައިގަންނަވާ ކަމަށް ވާހަކަ ދެކެވެންޏާ އެއީ ހަގީގަތެއް ނޫން. އެކަމަކު ކެންޑިޑޭޓެއްގެ ފަހަތަށް ވަޑައިގަތުން ފިޔަވައި އެހެން ހުރިހާ ގޮތަކުން ކެންޑިޑޭޓަކާއެކު ވިޔަސް އަދި ސިޔާސީ އެހެން ފަރާތަކާއެކުގައި ވިޔަސް ދައްކަން ޖެހޭ ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އެންމެ މަތީ ދަރަޖައަށް އެމަނިކުފަނު ވަނީ ހުޅުވާލާފައި، އެފަދަ ވާހަކަތައް ވެސް ދާނީ ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް، އެގޮތަށް އޮތް ކަމަށް ވަންޏާ އެ ފުރުސަތު ވަނީ އެންމެ މަތީ ދަރަޖައަކަށް ހުޅުވާލެވިފައި،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ގާސިމަކީ ކާމިޔާބު ހޯއްދަވާފައިވާ ކާމިޔާބު ހޯއްދަވަން ގަދަ އަޅައި މަސައްކަތް ކުރައްވާ، ރައްޔިތުންގެ ރުހުން ހޯއްދަވާފައިވާ ރައްޔިތުންގެ ލީޑަރެއް ކަމަށާއި ހަމައެކަނި އެންމެ ފަހުން 2008 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ބޭފުޅުންނަށް ލިބި ވަޑައިގެންނެވި ވޯޓާއި ސުޕްރީމް ކޯޓުން ބާތިލު ކުރި އިންތިހާބުގެ ވޯޓާ ވަރުން އަޅުވައިލި ނަމަވެސް ގާސިމް ކާމިޔާބު ހޯއްދަވާފައިވާ މިންވަރު ތަސައްވުރު ކޮށްލެވޭނެ ކަމަށެވެ.
"އެއީ މިއަދުގެ ސިޔާސީ ހަގީގަތް. އެކާ ދުރަކަށް ނުދެވޭނެ. އެހެންވީމާ ހަގީގަތް އޮއްވާ، އެ މަނިކުފާނު ކީއްކުރަންތޯ ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ވަޑައިގަންނަވަނީ. އެމަނިކުފާނު އެ ހުންނެވީ ރައްޔިތުންގެ ފަހަތުގައި،" ހަލީލް ވިދާޅުވި އެވެ.
"އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ގާސިމް ވަޑައެއްނުގަންނަވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ