ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންތިހާބަށްފަހު ވެސް މިހާރު މިއޮތް އިއްތިހާދު ދެމެހެއްޓުމަށް ކަމަށް އެޕާޓީން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަސައްކަތް ރައީސް ވަހީދު ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމައްޓަކާ ޕާޓީތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިންތިހާބުގައި ރައީސް ވާދަ ކުރައްވަނީ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވި ނަމަވެސް ވާދަ ކުރައްވާނީ ކޮން ގޮތަކަށް ކަމެއް އަދި ރައީސް އިއުލާނެއް ނުކުރެއެވެ. ކޯލިޝަން ހެދުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ އިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން ކޯލިޝަންގައި ހިމެނޭ ތިން ޕާޓީންވަނީ އިއުލާނުކޮށްފައެވެ. ޕީޕީއެމާއި ޑީއާރުޕީ ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ބުނެފައިވާ އިރު ޕާޓީގައި މެމްބަރުން ގިނަ ނުވި ނަމަވެސް ނުފޫޒު ގަދަ ޕާޓީއެއް ކަމަށްވާ އަދާލަތުންވަނީ އިންތިހާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ކޯލިޝަނަކަށް ދިއުމަށް ނިންމާފައެވެ.
ރައީސް ވަހީދު މަސައްކަތްޕުޅު ކުރައްވަނީ މިހާރު އޮތް އިއްތިހާދު ދެމެހެއްޓޭތޯ: ގައުމީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ