ހިއުމަން ރައިޓްސް ކޮމިޝަނަށް ކަނޑައަޅާ މެންބަރުގެ ތެރޭގައި އިސްލާމީ ދާއިރާގެ ބޭފުޅަކު ނެތުމަކީ އުނިކަމެއް ކަމަށް އަދާލަތުން ބުނެފި

10:50ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާއިރު އިސްލާމީ ދާއިރާއަކާ ގުޅިފައިވާ މީހަކު ނެތުމަކީ ޤާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިގެންދާނެ އުނިކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.އާދަލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހޮވާ މެންބަރުންގެ ތެރޭގައި ތަފާތު ހުނަރުތަކުގެ މީހުން ތިބެންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ކަނޑައެޅިގެން އިސްލާމީ ދާއިރާއަކުން ތަޢުލީމު ލިބިފައިވާ މީހަކު ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވާއިރު، އިންސާނީ ހައްޤުތައް ވެސް ކޮބައިތޯ ބަލަންޖެހެނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަމަށް ޤާނޫނު ބުނާއިރު އިސްލާމީ ދާއިރާއަކާ ގުޅިފައިވާ މީހަކު ކޮމިޝަނުގައި ނެތުމަކީ ޤާނޫނީ ގޮތުން ކޮމިޝަނަށް ލިބިގެންދާނެ އުނިކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި އެއީ މެންބަރުންނަށް ކޮމިޝަނުގެ މަސައްކަތް ކުރުމުގައި ވެސް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.މި ދުވަސްވަރަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން ކަނޑައެޅެމުންދާ ދުވަސްވަރަކަށް ވެފައި، ބައެއް މެންބަރުން ހޮވިފައިވާތީވެ، ކޮމިޝަނުގެ މެންބަރުން ފާސްވެ ނިމިގެން ދާއިރު، އެކިއެކި ދާއިރާތަކަށް ސަމާލުކަން ދެއްވުމަށާއި ޚާއްސަކޮށް އިސްލާމީ ދާއިރާއިން މީހަކު ކަނޑައެޅުއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ވަނީ އަދާލަތުގެ އެބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރަށްވާ ބޭފުޅުންނަކީ އަބަދުވެސް ވަކި ފަރާތަކަށް ނުޖެހި، ޤާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ މާހައުލުން އެއްކިބާވެ ތިއްބަވާ ބަޔަކަށް ހެދުމުގެ ވިސްނުން އިސްކުރައްވައިގެން މަޖިލީހުންނާއި ސަރުކާރުން މަސައްކަތްކުރނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ