ހިމަންދޫ އިންޖީނުގެ 900،000ރ. އަށް ސްޓެލްކޯ އަށް ވިއްކާލަނީ
އއ. ހިމަންދޫ އިންޖީނުގެ 900،027ރ. އަށް ސްޓެލްކޯ އަށް ވިއްކާލަން ކައުންސިލުން ނިންމައިފި އެވެ. ކައުންސިލްގެ ރައީސް އަލީ ނަސީރު މިއަދު ވިދާޅުވީ އެ ރަށު އިންޖީނުގެ އާއި ދެ ޖަނަރޭޓަރާއި ޕެނަލަ ބޯޑަކާއި އިންޖީނުގޭގެ ބައެއް ތަކެތި ސްޓެލްކޯ އަށް ވިއްކާލަން ނިންމާފައި ވަނީ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރުމަށް ކައުންސިލުން ގަރާރެއް ފާސްކޮށްފައިވާ ކަމަށާއި އިންޖީނުގެ ހަވާލުކުރާނީ ކޯޓު މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އިންޖީނުގެ ހިންގަން ޖެހެނީ ޔުނިޓަކަށް 50: 4 ރ. ނަގައިގެން. އަދި ސަރުކާރު ތަންތަނުން 17ރ. ނަގައިގެން ވެސް މަހެއްގެ މައްޗަށް 200،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ތެލަށް ހަރަދުކޮށްފައި ދެކޮޅެއް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ. އަލީ ވިދާޅުވި ގޮތުގައި ސްޓެލްކޯއާ ހަވާލުކުރުމުން މިހާރަށް ވުރެ ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ