އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 20 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި އެވެ.
މި މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މި މުބާރާތް މިފަހަރު ކުރިއަށް ގެންދަނީ 4 ބަޔަކަށް ބަހާލައިގެން ނެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ.
މުބާރާތުގެ 12 އަހަރުން ދަށުގެ ބައިގައި ޖުމްލަ 8 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ތާޖުއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ދަރުމަވަންތަ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ އިތުރުން އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ޖުމްލަ 7 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ތާޖުއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ އިތުރުން ޖަމާލުއްދީން ސްކޫލް އެވެ.
އަދި މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައިވެސް ޖުމްލަ 7 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ދަރުމަވަންތަ ސްކޫލާއި ތާޖުއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ އިތުރުން ޖަމާލުއްދީން ސްކޫލް އެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގައި ބައިވެރިވެފައިވަނީ އެންމެ 2 ސްކޫލުން ނެވެ. އެއީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) އާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އެވެ.
މުބާރާތުގެ ކުޅުން އިއްޔެފެށިއިރު، މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ