ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މައުމޫން ބޭނުންފުޅު ކުރައްވަނީ، ސިޔާސީ ޖަމަލެއްގެ ގޮތުގައިކަމަށާއި، އެ ޖަމަލުގެ ދަތުރު ނިމުމުން އެ ޖަމަލު ކަތިލާނެކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސަލީމް (މާޒްސަލީމް) ވިދާޅުވެއްޖެއެވެ.
"ރައީސް ނަޝީދު ވަރަށް ގިނަ ދުވަސްވެއްޖެ ރައީސް މައުމޫންގެ ލެގަސީ ދުއްވާލައި، ރައްޔިތުންގެ ފަރާތުން މައުމޫނަށް ލިބިވަޑައިގެންފައިވާ ލޯތްބާއި، އިހުތިރާމް ކަނޑުވާލަން މަސައްކަތް ކުރަމުންދާތާ". މާޒް ސަލީމް ވިދާޅުވިއެވެ.
މާޒް ސަލީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް މައުމޫނު އެކުރައްވާ މަސައްކަތުގެ ސަބަބުން ރައީސް މައުމޫނަށް ދިވެހި ރައްޔިތުން ކުރާ ޤަދަރާއި އިހުތިރާމް ގެއްލިފައިވާ ކަމަށެވެ.
މާޒް ސަލީމް އެހެން ވިދާޅުވި ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި އެތައް ރައްޔިތުންނެއް ވަނީ މައުމޫނަށް ހޫނު މަރުހަބާ އެއް ވިދާޅުވެފައެވެ. އަދި ރައީސް މައުމޫނަށް އެ މަންޒަރު ފެނި ކީރިތިވެސް ކުރެއްވި އެވެ.
ނަޝީދު، މައުމޫން ބޭނުންފުޅުކުރައްވަނީ ސިޔާސީ ޖަމަލެއްގެ ގޮތުގައި: މާޒް ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ