ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުގައި އިއްޔެ ފަލަސްތީގުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި އެކު ހިނގި ހަމަނުޖެހުން ތަކުގައި ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ދިން ހަމަލާ ތަކުގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 17 އަހަރުގެ ޒުވާނަކާއި 18 އަހަރުގެ ޒުވާނެކެވެ.
ކުރިމަތިލުންތައް އިއްޔެ ހިނގާފައިވަނީ ހުކުރު ދުވަހު ފަލަސްތީނުގެ ޒުވާނަކު ތޫނު އެއްޗަކުން ހަމަލާދީ އިސްރާއީލުގެ ތިން މީހަކު މަރާލުމާއި ގުޅިގެން އެ ޒުވާނާގެ ގެ އަށް އިސްރާއީލުގެ ސިފައިން އިއްޔެ ވަދެ ގަތުމުންނާއި އަޤްސާ މިސްކިތައް ވަނުމަށް ފަލަސްތީނު ރައްޔިތުންނަށް ހުރަސް އެޅުމުގެ ސަބަބުން ނެވެ.
ހަމަނުޖެހުންތަކުގެ ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުގައި ފަލަސްތީނުގެ އާއްމު ރައްޔިތުން އިސްރާއީލު ސިފައިންނަށް އޮއްގަލުން ހަމަލާދޭން ފެށުމުން ސިފައިން އާއްމުންގެ ތެރެއަށް ބަޑިޖަހާ އަތުބޮމުން ހަމަލާދެމުން ގެންގޮސްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ