މެމްބަރު ޚަލީލް ހުން ގަދަވެގެން އެޑްމިޓްކޮށްފި

ނިލަންދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ހުންގަދަވެގެން މިއަދު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.
ޚަލީލްގެ ގާތް މީހަކު މިރޭ ބުނިގޮތުގައި ޚަލީލް އެޑްމިޓްކުރީ ހުން ވަަރަށް ގަދަވެ، ޕްރެޝަރު މައްޗަށް ގޮސްގެންނެވެ. ޚަލީލްގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް އަދިއެއް ނުލިބެ އެވެ.
ޚަލީލް އެޑްމިޓް ކުރިއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ މެއަށް ކުއްލި ތަދެއް އަރައިގެން އިއްޔެ ރޭ ފަތިހު އައިޖީއެމްއެޗުގައި އެޑްމިޓް ކުރި އެވެ. އަދި ޓެސްޓުތަކެއް ހެދުމަށް ފަހު އޭނާ ވަނީ ރޭ ދޫކޮށްލައިފަ އެވެ.
އަބްދުއްރަހީމްގެ ހާލު މިހާރު ރަނގަޅު ކަމަށް ވެ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ