ސީމެގޭ މިހާރު ކިޔަނީ ނަޝީދުގެ މިތުރުން އެކަނި - އަލީ އާރިފް

ސީމެގުގެ އެޖެންޑާގައި އަދިވެސް ރާއްޖެ އޮތްކަމަށް ނަޝީދުގެ ރަޙުމަތްތެރިން ވިދާޅުވަނީ ނަޝީދުގެ އެދުމަކަށްކަމަށާއި ނަމަވެސް ސީމެގުން ރޭ ނެރުނު ބަޔާނުން ރާއްޖެ ސީމެގުގެ އެޖެންޑާގައި ނެތްކަން ސާފުވާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރ އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕުރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ ސީމެގުގެ އެޖެންޑާއިން ރާއްޖެ ނެގުމުން އެމްޑީޕީއާއި ނަޝީދު އެކަމާއި ކަންބޮޑުވާކަމަށާއި އެކަން އޮޅުވާލުމަށް ނަޝީދު މަސައްކަތް ކުރައްވަނީ އެހެންވެގެން ކަމަށެވެ.
އާރިފް ވިދާޅުވީ ސީމެގުގެ އެޖެންޑާގައި ރާއްޖެ އޮތް މައްސަލައަކީވެސް ކަންބޮޑުވާންޖެހޭކަމެއް ނޫންކަމަށާއި އެޖަމިއްޔާގެ އެޖެންޑާގައި ރާއްޖެ އޮތީ އެންމެ ފަރުދަކު ހިތްހަމަޖައްސަންވެގެން ކަމަށެވެ.
އާރިފް ވިދާޅުވީ ނަޝީދުގެ ދެފުށްދެގޮތް ސިޔާސަތު ހާމަވެގެންދިއުމުން ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަމަށާއި މިކަންކަން އޮޅުވާލުމަށް ނަޝީދާއި އޭނާގެ މިތުރުން ވާހަކަދެއްކުމުން ނަޝީދުގެ އިޚްލާސްތެރިކަމެއް ނެތްކަން ފެންނަމުންދާކަމަށެވެ.
ސީމެގުގެ އެޖެންޑާގައި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އޮތް މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އާރިފް ވިދާޅުވީ އެއީ ކޮމަންވެލްތުގެ އުސޫލްތަކާއި މުޅިން ޚިލާފަށް ކޮށްފައިވާ އަދި ޤައުމެއްގެ ހައްޤުތަކަށް އަރައިގަތުމެއްކަމަށެވެ.
ސީމެގުގެ އެޖެންޑާއިން ރާއްޖެ ނެގިކަން އިއުލާން ކުރުމަށްފަހު ރޭގެ ވަގުތެއްގައި ކޮމަންވެލްތުން ވަނީ ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ