އިސްދޫ ދާއިރާގެ މެންބަރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި އެވެ.
އެނާއަކީ ކުރިން ޕީޕީއެމްގެ މެންބަރެކެވެ. އޭގެ ކުރިން އޭނާއަކީ މިހާރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ޕާލަމެންޓްރީ ގްރޫޕްގެ މެންބަރެކެވެ.
އަޙްމަދު ރަޝީދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވިކަން އިޢުލާން ކުރެއްވީ މިރޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ޖުމްހޫރީ ގުޅުމުގެ ޖަލްސާގައި އެވެ.
އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ތިއްބަވާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހިމާއި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލާއި ގެމެނަފުށީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ