ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސް ކުރެއްވިނަމަވެސް، މަޖިލީހުގެ ރައީސްގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށް އިދިކޮޅު އިއްތިހާދުން ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން އަލޯރާ ކައިރީގައި މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޖިލީހުގެ ރައީސްގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، މަޖިލީހުގައި ވޯޓު ލުމުގެ ޤަވާއިދުތަކާއި އެއްގޮތަށް ސިސްޓަމުން ވޯޓު ލުން ކުރިޔަށް ގެންދިޔަނަމަ ކާމިޔާބު ވާނެ ކަމަށެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ، އަނގަބަހުން އަހައިގެން ވޯޓުލާން ނެގި ވޯޓުގައިވެސް މައްސަލަތަކެއް އެބަހުރި ކަމަށާއި، އެގޮތުން މަހްލޫފް އާއި މޫސަގެ ނަމުގައިވެސް ވޯޓު ދީފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ހުށަހެޅުމާއިމެދު ގޮތެއް ނިންމުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ގާނޫނީ ހައިސިއްޔަތެއް ނެތް: އިދިކޮޅު އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ