މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް އަމިއްލަފުޅު އެކައުންޓަކަށް ނުވަތަ ވިލާ ކުންފުންޏަށް ޖަމާކޮށްފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ފަހު އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ
ހުކުރު ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. ނޮވެމްބަރު 17، 2013 އިން އޮކްޓޫބަރު 27، 2015 ގައި ހިންގާފައިވާ މުއާމަލާތްތަކަށް ބިނާކޮށް އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން
އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު
އަދީބުގެ ގާތް އެކުވެރިޔާ މުހައްމަދު އައްލާމް ލަތީފު (މޮހޯ)ގެ ހިއްސާ
އޮންނަ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށެވެ. އެސްއޯއެފްގެ އެކައުންޓްތަކަށް އެ ފައިސާ ޖަމާކުރި ކަމަށް އެއްބަސްވެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފައިސާތައް ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމަށް ދީފައި ކަމަށެވެ. އެ ހިޔާނާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ ވަކީލް ހުސްނުއްސުއޫދު، ވިލާ ކުންފުނި ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.އެމްއެމްޕީއާރުސީން
ގެއްލުނު ބައެއް ފައިސާ ވިލާ ގްރޫޕްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ
ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވީޓީވީގައި ގާސިމް ވިދާޅުވީ އެސްއޯއެފް ކުންފުނީގެ ވަކީލެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ޓީވީތަކަށް ދެއްވި އިންޓަވިއުއެއްގައި ވިލާ ކުންފުނި ބަދުނާމުވާގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެސްއޯއެފްގެ ބަޔާނުގައި ވެސް ވިލާ ކުންފުނީގެ ނަން ގެނެސްފައި ނުވާއިރު، ސުއޫދު އޭނާ އާއި ވިލާ ކުންފުންޏަށް ނިސްބަތްކުރައްވައި "ފިތުނަފަސާދަ ފަތުރަން" މަސައްކަތް ކުރެއްވީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ހުސްނުއް ސުއޫދު: ވިލާ ކުންފުންޏަށް ނިސްބަތްކޮށް ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވި. ގާސިމް ވިދާޅުވީ އެއްވެސް އިރެއްގައި އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ޗެކަކުން ވެސް އަދި ނަގުދު ފައިސާގެ ގޮތުގައި ވެސް އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ލިބުނަސް ނުވަތަ ދިނަސް އޭނާ ދައުލަތުގެ ފައިސާއެއް ނަހަމަގޮތުގައި ބޭނުން ނުކުރައްވާނެ ކަމަށާއި އޭނާ އަކީ "އިހްލާސްތެރިއެއް" ކަމަށް ވިދާޅުވި އެވެ. "ވިލާ ޝިޕިންއަށް ދީފައި އޮތް ޗެކެއް، އެއްވެސް ތާކުން، އެއްވެސް ބަޔަކަށް ނުދެއްކޭނެ. އެއީ ކަނޑައެޅިގެން ދޮގެއް، ކުންފުނީގެ ޑިރެކްޓަރުންނާ ހަވާލާދެއްވައި [ސުއޫދު] އެހެން ވިދާޅުވާ ކަމަށް ވަންޏާ އެއީ ވެސް ދޮގެއް،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވި ގޮތުގައި ސުއޫދު ދެއްކެވި ވާހަކަތަކަށް ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ އެވެ.އޭނާ ވިދާޅުވީ ވިލާ ކުންފުންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރާފައިވާތީ، އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރި ކަމަށް ބުނާ ވާހަކަ ވެސް ގަބޫލުކުރަން "ވަރަށް އުނދަގޫވެފައިވާ" ކަމަށެވެ."ހަގީގަތެއް ކަމަށް ވަންޏާ، ދެން އޮޑިޓް ކުރައްވާފައި ނުވަތަ ތަހުގީގެއްގެ މައްޗަށް، ކުންފުނީގެ ފަރާތުން ބުނާ ބުނުން ޔަގީންކޮށްދީ ސާބިތުކޮށްދޭނެ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި މުޖުތަަމައުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ދީނުގައި ވެސް މަނާކުރައްވާފައިވާ ކަމަކަށްވާތީ، އެގޮތަށް ވާހަކަ ފަތުރާއިރު ބިރުވެތިވާން ޖެހެ އެވެ.ގާސިމް ވިދާޅުވީ އޭނާ އަކީ އަބަދުވެސް ގައުމާއި ދޭތެރޭ ވިސްނަވައި، އޭރަކު ގައުމަށް އެންމެ މަސްލަހަތު އޮތް ގޮތަކަށް، ދީނުގައި ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. "ގައުމު ބޮޑޭ، އެންމެ މީހަކަށް ވުރެން، އަދި ޕާޓީއަކަށް ވުރެން ވެސް. އެހެންވީމަ އެ ސަބަބަށްޓަކައި އަޅުގަނޑު އަބަދުވެސް ހުންނާނީ އޭރެއްގައި ރައްޔިތުންނަށް ތެދުވެރިކަމާ އެކު އޮންނަ ސަރުކާރަކާ އެއްކޮށް، އިހްލާސްތެރިކަމާ އެކު މަސައްކަތްކުރަން،" ގާސިމް ވިދާޅުވި އެވެ.ސަރުކާރުގެ ކަންކަމަށް ތާއީދުކުރާއިރު ގޯސްކޮށް ހިނގާ ކަންކަމާ ދެކޮޅަށް، މަސްލަހަތު ނުގެއްލޭގޮތަށް ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ވިލާ ކުންފުންޏަށް ޖަމާކޮށްފައެއް ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ