އިންނަމަދޫ ދާއިރާގެ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕޭންކުރުން ޕީޕީއެމުން އިފްތިތާޙްކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕޭންކުރުން އިފްތިތާޙްކުރީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް ކުރިއަށް ގެންދަވާ "އެންމެގާތުން" ކެންޕޭނުގެދަށުން ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރޭގެ ރަސްމިއްޔާތުގައި އިޤްޠިޞާދީ ވަޒިރު މުޙައްމަދު ސަޢީދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި އިންތިޚާބު ކާމިޔާބުކުރެވެންދެން ކެންޕޭނުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
މުޙައްމަދު ސަޢީދު ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށްޓަކައި ޕީޕީއެމުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައްޔިތުންގެ ކިބައިން އެދިވަދައިގެންފައެވެ.
އިންނަމާދު ދާއިރާގެ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕޭންކުރުން ޕީޕީއެމުން އިފްތިތާޙްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ