ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެންބަރުގެ ގޮތުގައި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ މިއަދު ހަމަޖައްސަވައި އޭނާ އަށް މަގާމުގެ ލިޔުން ހަވާލު ކުރައްވައިފި އެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރެއްވީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ފަސް ވަނަ
ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖޭއެސްސީގެ މެމްބަރު ކަމުގެ ލިޔުން ރައީސް އަބްދުﷲ ޔާމީން، ރިޒާއާ ހަވާލުކުރެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.ޖޭއެސްސީ އަށް ގާނޫނީ ވަކީލު އަދި ޕީޕީއެމްގެ މެމްބަރު ރިޒާ އައްޔަން ކުރަން ފާސްކުރީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އޭނާ އެ ކޮމިޝަނަށް އައްޔަން ކުރަން ފާސްވީ 47 މެމްބަރުންގެ ވޯޓުންނެވެ. ރިޒާގެ ނަން ފާސްވުމުން، ޖޭއެސްސީ އަށް
އައްޔަން ކުރަން ހުށަހެޅި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިން
ނަމަށް ވޯޓަކަށް ނާއްސަވަ އެވެ.
މެމްބަރު ރިޒާ ޖޭއެސްސީ އަށް އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ