ހދ.ހޮނޑައިދޫއިން ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ ތަކެތި ނުދިނުމުން، އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް މިއަދު އިސްތިއުނާފަށް ހުށައަޅައިފިއެވެ.
ޖާބިރުގެ ފަރާތުން ވަކާލާތު ކުރާ އެކީޓާސް ލީގަލް ކޮންސަލްޓެންޓްސްގެ ފަރާތުން ބުނީ އެމައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވަނީ ހުލާސާ ރިޕޯޓު ވެސް ނުލިބުމުން ހަމައެކަނި ހުކުމުން ފާހަގަ ކުރެވެން ހުރި ކަންތައްތަކެއްގެ މައްޗަށް ބަލާ ކަމަށެވެ.
ޖާބިރުގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ ކުދަކަމުދާތަކެތި ދިނުމަށް އެންގި އިޖުރާތުތަކަކީ ސައްހަ އިޖުރާތުތަކެއް ނޫން ކަމަށް ދައުވާ ލިބޭ ފަރާތުން ބުނި ކަމުގައިވީނަމަވެސް ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ދައުވާ ލިބޭ ފަރާތަށް ކުޑަކަމުދާތަކެތި ދިނުމަށް އަންގާފައިވަނީ ސައްހަ އިޖުރާތުތަކުގެ ދަށުން ކަން ޝަރީއަތަށް ފެންނަ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންކަމުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ ކުށުން ޖާބިރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ޖާބިރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.
ކާށިދޫ ދާއިރާ އަށް ޖާބިރު ވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮރް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފަ އެވެ. ގާނޫނުއަސާސީ ބުނާގޮތުން މެމްބަރު ކަމަށް ކުރިމަތިލެވޭނީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންނުދާ ބޭފުޅުންނަށެވެ.
އެހެންކަމުން ޖާބިރަށް މަޖިލީހުގެ މިހާރުގެ މެންބަރު ކަމުން ވަކިއެއް ނުވާނެ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭނާއަށް ވާދަކުރުމުގެ ފުރުސަތު ވެސް ނުގެއްލެ އެވެ.
ޖަލަށްލާން ކުރި ހުކުމް ޖާބިރު އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ