އެއްޗެއް ގޮވީ އިންޖީނުގެ މައްސަލައެއްގައިކަމަށް ޤަބޫލުކުރަން ދަތި: މިނިސްޓަރ ޝަރީފް

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ދައުލަތުގެ އިސް ބައެއް ވެރިން ހުޅުލެއިން މިއަދު މާލެ ވަޑައިގެންނެވި ލޯންޗްކޮޅުގައި އެއްޗެއް ގޮވަން މެދުވެރިވީ "މެކޭނިކަލް ފޯލްޓް (އިންޖީނަށް ކުރިމަތިވި މައްސަލަ) އަކުން ކަމަށް ވުމަކީ "ވެރީ އަންޔޫޒުއަލް (ވަަރަށް އާދައާ ޚިލާފު ކަމެއް)" ކަމަށް ރައީސުލްޖުމްހުރިއްޔާ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މުޙައްމަދު ޙުސައިން ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ސީއެންއެންއަށް މައުލޫމާތު ދެއްވަމުން ކަމަށް ސީއެންއެން އިން ބުނެއެވެ.
މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެފައިިވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަޤީން ނުކުރެއްވޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ޤަޞްދުގައި ރާވައިގެން ހިންގާފައިވާ އަމަލަކަށް ވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. "ޗާންސަސް އޮފް ފައުލް ޕްލޭ އާރ ވެރީ ހައި."
މިހާދިސާ އާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ގެންދަވަނީ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވަވަމުންނެވެ. ހާދިސާ ހިނގިވަގުތުން ފެށިގެން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ގެންދަނީ ޚަބަރުތައް ކަވަރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ