ސިރިސޭނާއާ އެކު ދުބާއީއަށް ދަތުރުކުރެއްވުމަށްފަހު، މައުމޫން މިސްރަށް ވަޑައިގެންފި

މިސްރުން ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފެރެންސްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް މިސްރަށް ވަޑައިގެންފިއެވެ.
މިސްރުގެ އިސް މުފްތީ ޑރ ޝައުޤީ އިބްރާހިމް އައްލާމުގެ ދައުވަތުފުޅަކަށް މައުމޫން މިސްރަށް ވަޑައިގަތީ މިއަދެވެ.
މައުމޫން މިސްރަށް ވަޑައިގަތީ، ސްރީލަންކާގައި ހުންނެވުމަށްފަހު، ދުބާއީ މަގުންނެވެ. މައުމޫން އިއްޔެ ދުބާއީއަށް ދަތުރުކުރެއްވި ފްލައިޓުގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާވެސް ދަތުރުކުރެއްވުމާއި އެކު، ދެބޭފުޅުން ވަނީ ފްލައިޓުގައި ބައްދަލުކުރައްވައިފައެވެ. ރައީސް ސިރިސޭނާ އިއްޔެ ދުބާއީއަށް ވަޑައިގަތީ، އެޤައުމުގައި ޓްރާންސިޓް ކުރެއްވުމަށްފަހު އިޓަލީ ވިލާތަށް ވަޑައިގަތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ