ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު ބާއްވާ "އެއް ލައްކަ ކަޕް" މިއަދު ފަށާގޮތަށް ހަމަޖައްސައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ، ބްލެކް ޒީނޯ އާއި ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބާއި އެފްސީ އައްސޭރި އާއި ހީވެސްނުވޭގެ އިތުރުން ނާޑު ސްޕޯޓްސްއެވެ. މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ރަށުން ބޭރު ފަސް ކުޅުންތެރިން ޖެހުމުގެ ފުރުސަތު ދީފައިވެއެވެ. މި މުބާރާތުގެ މެޗުތަށް ކުރިއަށްދާނީ ދިއްދޫ ދެކުނު ބޯޅަ ދަނޑުގައެވެ.
މި މުބާރާތަކީ މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މެމްބަރު ލަތީފްގެ "އެއް ލައްކަ ކަޕް" މިއަދު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ