ކުރިން ފެނިފައި ނުވާ 200 އަށްވުރެ ގިނަ ވައްތަރެއްގެ ދިރުންތައް ހޯދައިފި

ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި މީގެ ކުރިން ހޯދިފައިނުވާ، ނުވަތަ ނުފެންނަ 200 އަށްވުރެ ގިނަ ދިރުންތައް އިރުމަތީ ހިމަލަޔަސް އިން ފެނިއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ރިޕޯޓްތައް ބުނާގޮތުގައި މި ދިރޭތަކެތި ފެނިފައި ވަނީ ނޭޕާލް، ބޫޓާން، މިޔަންމާ، ޓައިބެޓް އަދި އިންޑިއާ ގެ ސަރަހައްދުތަކުންނެވެ. މި އެއްޗެހީގެތެރޭގައި ކުރިން ފެނިފައިނުވާ ގަހާއި، މަސްމަހާމެހި އަދި ދޫނީގެ އިތުރުން ގިނަ އަދަދެއްގެ އެހެނިހެން ވައްތަރުގެ ދިރުންތައް ވެސް ހިމެނެއެވެ.
އަލަށް ހޯދި މި ދިރޭތަކެތީގެތެރޭގައި މީގެ ކުރިން ނުފެންނަ ވައްތަރެއްގެ ރާމާމަކުނެއް ފެނިފައިވާ ކަން މި ހޯދުންތައް ހޯދި ސައިންޓިސްޓުން ވަނީ ފާހަގަކޮއްލާފައެވެ. "ސްނީޒިންގ މަންކީ"ގެ ނަމުން ނަންދެވިފައިވާ މި ރާމާ މަކުނު ވާރޭވެހެން ފެށުމާއެކީ ކިނބިހި އަޅަން ފަށާކަމަށް އެ ރާމާ މަކުނު ހޯދި ހިސާބުގައި ދިރިއުޅޭ ބައެއް މީހުން ބުނެއެވެ.
މި ދިރޭތަކެއްޗާއި ގުޅިގެން ނެރުނު މި ރިޕޯޓްތަކުގައި ބުނެފައިވަނީ މިތަކެއްޗަކީ ގުދުރަތީ ގޮތުން ލިބިފައިވާ ހަދިޔާ ކަމަށާއި ދުނިޔޭގައި ވަރަށް މަދު އަދަދަކަށް އުޅޭކަމަށް ބެލެވޭ މިތަކެތި ހިމާޔަތްކޮށް އާލާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ