ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކޮށްގެން 40 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކު މާލޭގެ ގެސްޓު ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ 7:34 ހާއިރު ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ފެންމަތިވެފައި ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކާ ގުޅިގެންނެވެ.
އެ ވީޑިއޯގައި ތުހުމަތުކުރެވޭ މީހާއާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ސުވާލުކުރާ އަޑު އިވެއެވެ. ގެސްޓް ހައުސްއެއްގެ އެނދުމަތީގައި އިން އެ މީހާއާ ސުވާލުކޮށް، އޭނާ އެތަނަށް ގެންދިޔަ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭތޯ އަހާ އަޑު އިވެއެވެ.
އެ ތަނުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، މީގެ ކުރިންވެސް ހައްސަ އެހީއަށް ބޭނުންވާ މީހުންނަށް ޖިންސީ ގޯނާ ކޮށްގެން މީހުން ހައްޔަރު ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ