ދިވެހި ރުފިޔާ އަށް ނިޝާނެއް ހަދަން ނިންމައި މުބާރާތެއް ބާއްވަނީ

ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމުގެ ފުރުސަތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި އިއުލާނެއްގައި ބުނީ ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 21 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެމްއެމްއޭ އަށް ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ.ރުފިޔާގެ ނިޝާން ފަރުމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަކަށް 20،000ރ.ގެ އިނާމަކަށް ދޭން ވަނީ ނިންމައިފަ އެވެ.މިއީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ.އެމްއެމްއޭ އިން ބުނީ ރުފިޔާ އަށް ނިޝާނެއް ހެދުމަކީ ވަރަށް ތާރީޚީ ކަމަށް ވާތީ މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.އެމްއެމްއޭ އިން ބުނީ މި ފުރުސަތު ލިބޭނީ ހަމައެކަނި ދިވެހި ފަރުމާ ކުރުންތެރިންނަށް ކަމަށެވެ. މި މުބާރާތުގެ އިތުރު މައުލޫމާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކް އިން ބައިވެރިވެވޭނެ އެވެ. ދިވެހި ރުފިޔާ ރަމްޒު ކުރުމަށް މިހާރު ބޭނުން ކުރާ ރަމްޒީ ގޮތަކީ mvr އެވެ.ދިވެހި ފައިސާ ކަމަށްވާ ރުފިޔާ އަށް ވަކި ނިޝާނެއް މިހާތަނަކަށް ނޯވެ އެވެ. ނަމަވެސް ދިވެހިން ލިޔާއިރު ފައިސާގެ އަދަދުގެ ފަހަތަށް "ރ" އެއް ބޭނުންކުރެ އެވެ. ނަމަވެސް އެއީ ރުފިޔާގެ ރަސްމީ ނިޝާނެއްގެ ގޮތުގައެއް ނޫނެވެ.https://web.facebook.com/MaldivesMonetaryAuthority/photos/a.251479924967439/3592904170824981
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ