މުޖުތަބާއަށް ވަޒީފާދީ، ބަދަލުގެ ގޮތުގައި ސާވިސްޗާޖަށްވާ ފައިސާދޭން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފި

މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ ހައުސްކީޕިން އެސޯސިއޭޓެއްގެ މަގާމުން، މުހައްމަދު މުޖުތަބާ/ ބެނިސަން، ށ.ކޮމަންޑޫ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށާއި ބަދަލުގެ ގޮތުގައި އޭނާ ވަޒީފާގައި ހުރިނަމަ ލިބޭނެ ސާވިސް ޗާޖަށްވާ ފައިސާ ދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން، ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މި މައްސަލައަކީ ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް އޭނާއަށް ވަޒީފާދީ، ބަދަލުގެ ގޮތުގައި ނަގައިދުނުމަށް ކަނޑައަޅާފައިވާ ސާވިސްޗާޖަށް ވާ ފައިސާ 20 ދުވަހުގެ ތެރޭގައި މުޖުތަބާއަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ ފަސް ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށް، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް (ހުޅުލޭ އައިލެންޑް ހޮޓެލް) އަށް އަމުރު ކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ މުހައްމަދު މުޖުތަބާ ވަޒީފާއިން ވަކި ކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަން ގާއިމުކޮށް ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް އޮވެ ވަޒީފާއާބެހޭ ގާނޫނު ހުއްދަކުރާ ފަދަ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބަލާނެ ތަނެއް ނެތްކަމަށް ނިންމާފައިވާ ނިންމުމާއި ވަޒީފާއާބެހޭ ގާނޫނުގެ 33 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަދަލެއްގެ ގޮތުން މުޖުތަބާ ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ޗާޓުގައިވާ "ގްރޭޑް ޑީ އަދި ގްރޭޑް އީ" ގެ މިންގަނޑުން އެ މުއްދަތުގައި މުޖުތަބާ ވަޒީފާގައި ހުރިނަމަ ލިބޭނެ ސަރވިސް ޗާޖަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި އެ ފައިސާ މުޖުތަބާއަށް އެކީ އެއްފަހަރާ ދިނުމަށް ނިންމާފައިވާ ނިންމުންތަކަކީ ގާނޫނާއި ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމުގައިވާތީ އެ ނިންމުންތައް ބާތިލްކޮށް މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ