ހޮނު އެޅުމުން އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
        މިރޭ އިރާކޮޅު ގަދައަށް ހޮނުއެޅި ގަޑީގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.  ހޮނު އެޅި ވަގުތު ރަންވޭ އާއި ޓާމިނަލުން ވަނީ ކަރަންޓު ގޮސްފައެވެ. އަދި ފްލައިޓުތައް ޕާކްކުރާ އޭޕްރަން އިން ވެސް ވަނީ ކަރަންޓުގޮސްފަ އެވެ.  ކަރަންޓު ދިޔުމާއެކު އެއާޕޯޓުގެ އޮޕަރޭޝަންސްތައް ހުއްޓުމަކަށް އައެވެ.  ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވެރިރަަށް މާލޭގައި ވާނީ ފެންބޮޑުވެފަ އެވެ.  މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓު ނެރެފައެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
            