އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް

އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލިނުގަނެ ބޭރުކޮށްލައިފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހއ. ކެލާ، މުރަކަ އަބްދުﷲ ޖަމީލް ކިޔާ މީހެކެވެ. ނަމަވެސް މި މައްސަލައަކީ ސްޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަން ޖެހޭ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފަ އެވެ.
ޖަމީލު ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމާފައިވާއިރު، އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް އެމަގާމުގައި ކުރިން ހުންނެވި ނިޔާޒް އިބްރާހީމްވަނީ ހައިކޯޓަށް ހުށަހަޅުއްވާފައެވެ.
އޮޑިޓް ގާނޫނަށް ގެނައި އިސްލާހުގެ ދެ ވަނަ މާއްދާގެ (ބ) ގާނޫނު އަސާސީގެ 215 މާއްދާއާއި 218 ވަނަ މާއްދާއާއި ހިލާފުކަމަށް ވިދާޅުވެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ކުރީގެ ސޮލިސިޓަ ޖެނެރަލް އިބްރާހީމް ރިފްއަތު އެވެ
ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވަންވާނެ ކަމަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހުގެ ދެ ވަނަ ނަމްބަރުގެ (ބ) ގައި ބުނެފައިވެއެވެ.
އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް އެމަގާމުގައި ކުރިން ހުންނެވި ނިޔާޒް އިބްރާހީމް ހައިކޯޓަށް ހުށައަޅާފައިވާއިރު އޮޑިޓަ ޖެނެރަލްގެ މަޤާމަށް ރައީސް ޔާމީން ވަނީ އިއްޔެ ހަސަން ޒިޔަތު އައްޔަންކޮށްފައެވެ.
އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލާފައި ވީނަމަވެސް ރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ އެމައްސަލަ ސްޕްރީމް ކޯޓަށް ބަލައިގަނެފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ