މާލެ ތެރޭގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޮކްސް ނުވަތަ ކަރަންޓު ފޮށިތައް ހަލާކުވެފައި ހުރި ނަމަ، އެކަން ސްޓެލްކޯއަށް އަންގައި ދެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އިލްތިމާސް ކުރައްވައިފި އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ ކަރަންޓު ފޮށިތަކަށް ގެއްލުން ލިބި، މަރާމާތުކުރަންޖެހޭ ހިސާބަށް ބައެއް ބޮކްސްތަކުގެ ހާލަތު ވަނީ ގޮސްފަ އެވެ. އަދި މިފަހުން އޭގެ ފޮއްޓެއްގައި އަލިފާން ރޯވެގެން ރިޕޯޓު ކޮށްފައިވެ އެވެ.
މާލޭގެ ނަސީމީ ހިނގުމުގައި ހުރި ކަރަންޓު ފޮއްޓެއް ހުޅުވާފައި ހުރި ފޮޓޯއަކާއެކު މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ، އާންމު ރައްޔިތު މީހާއާއި ސްޓެލްކޯއާ ދެމެދު މުވާސަލާތީ ލިންކެއް އުފެދިފައިވާތީ އުފާކުރާ ކަމަށެވެ.
އަދި މާލެ ތެރޭގައި 2000 އަށްވުރެ ގިނަ ކަރަންޓު ފޮށި ހުންނަ އިރު، ކުންފުނީގެ ސަމާލުކަމަށް ކަމެއް ނައިސް އޭގެން ފޮއްޓެއް މަރާމާތު ކުރަން ޖެހިފައި ހުރުމަކީ ވެދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
“އެލާޓް ކުރައްވައި، އިސްލާހު ކޮށްދޭނަން،” ޝަރީފު ވިދާޅުވި އެވެ.
ކަރަންޓު ބޯޑެއް ހަލާކުވެފައި ހުރިއްޔާ އެލާޓް ކުރައްވާ، އިސްލާހު ކޮށްދޭނަން: ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ