ރައީސް އަބްދުﷲ ޔާމީން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް، ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު މިއަދު އައްޔަންކުރައްވައިފިއެވެ.
ސީއެސްސީގެ މެންބަރުކަމަށް ޝަހީގު އައްޔަން ކުރެއްވިކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ކުރިފުޅުމަތީގައި، ސީއެސްސީގެ މެންބަރުކަމުގެ ހުވައި، ޝަހީގު ކުރެއްވި އެވެ.
ސީއެސްސީގެ މެމްބަރުކަމަށް ޝަހީގު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ޝަހީގު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްވީ 49 މެމްބަރުންގެ ވޯޓާއެކީގައެވެ. އަދި 23 މެމްބަރަކު ވަނީ ޝަހީގު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.
ސިވިލް ސާވިސްގެ މެމްބަރު ކަމަށް ޝަހީގު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ