ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް، ވ.ބޮޑުމޮހޮރާ، މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާއި ހަވާލު ކުރުމަށް، ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމް ބާތިލުކޮށް އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރު މަގާމުގެ ޒިންމާތަކުން ދުރުކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
ސުޕްރީމް ކޯޓުން ބަލައި ނިންމާފައި އޮތް މައްސަލައެއްގައި ދައުލަތުގެ މައްޗަށް އަމުރެއް ނެރުމުން މަގާމުގެ ޒިންމާތަކުން ދުރުކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު މަރިޔަމް ވަހީދު (ސ.ފޭދޫ/ބެލޫން) އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވީ ޝަރީޢަތްކުރުމުގެ ޝަރުޢިއްޔަތާއި އަހްލިއްޔަތާއި ވިލާޔަތު މަރިޔަމްގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް އޭނާއަށް ލިބިފައިނުވާ ކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ ކަމަށެވެ.
ވ.ބޮޑުމޮހޮރާ، މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ހަވާލު ކުރުމަށް، ދައުލަތުގެ މައްޗަށް މަރިޔަމް އިއްޔެވި ޙުކުމް ވެސް ސުޕްރީމް ކޯޓުން ރޭ ވަނީ ބާތިލް ކޮށްފައެވެ. އެޙުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ ތަންފީޒު ކުރުން ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމުވާ އެގްރީމެންޓެއް ދިވެހި ސަރުކާރާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އާ ދެމެދު ކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރިން ޙުކުމް ކޮށްފައި ވަނިކޮށް މިއަދު އެ މައްސަލަ ސިވިލް ކޯޓުން ބަލައި ކުރި ހުކުމްގައި، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ، ވ.ބޮޑުމޮހޮރާ ހަވާލު ކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސުޕްރީމް ކޯޓުގެ ހުކުމާއި ކަމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ޚިލާފަށް ކޮށްފައިވާ ޙުކުމަކަށް ވާތީ އެޙުކުމް ބާތިލް ކުރީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަކުން ފަނޑިޔާރަކު މަގާމުގެ ޒިންމާތަކުން ދުކުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ