މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން، ބޮޑު ތަފާތަކުން ޕީޕީއެމްގެ ކެނޑިޑޭޓް އަޙުމަދު ފާރިސް މަޢުމޫން ކާމިޔާބު ކުރައްވާނެކަން ކަށަވަރު ވެއްޖެއެވެ.
މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް އަޙްމަދު ރާޟީ އާއި މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވި ޝަމީމް އަލީ އަދި މޫސާ ނަޞީރު އާއި ވާދަ ކުރައްވައި ފާރިސް މި ގޮނޑި ކާމިޔާބު ކުރެއްވާނީ ބޮޑު އަޤުލަބިއްޔަތަކުންނެވެ.
މިޙާތަނަށް 'ވަގުތަށް' މި އިންތިޚާބުގައި ބެހެއްޓި 6 ވޯޓު ފޮށީގެ ނަތީޖާ ލިބިފައިވާއިރު، ޕީޕީއެމްގެ ކެނޑިޑޭޓް ފާރިސް މަޢުމޫން ވަނީ 472 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ރާޟީ މި އިންތިޚާބުގައި ބަލިކުރައްވާފައެވެ. ފާރިސް އަށް މިހާތަނަށް ޖުމްލަ 1229 ވޯތު ލިބިވަޑައިގެންފައިޥާއިރު، އަޙްމަދު ރާޟީއަށް ލިބިވަޑައިގަތީ 757 ވޯޓެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތައް:
ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ގޮނޑި ކުރިން ފުރުއްވަމުން ގެންދެވި އެ ދާއިރާގެ ކުރީގެ މެންބަރު ނާޒިމް ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލަށް ލުމަށް ޙުކުމް ކުރުމާއި ގުޅިގެންނެވެ.
ބޮޑު ތަފާތަކުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ