ސ. ފޭދޫގައި ވަޒީފާ އަދާކުރާ ސްރީ ލަންކާގެ ފިރިހެނަކު މިއަދު އިސްލާމްވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި އިސްލާމްވެފައިވަނީ، ފޭދޫގެ ސެލޫނެއްގައި މަސައްކަތް ކުރާ ޖަޔާސިންގާ އަރައްޗިގެ ވަރުނާ ޕްރަބާތު ސަދަރުވަން ކިޔާ މީހެކެވެ. އޭނާގެ ނަން މިހާރު ވަނީ އަބްދުﷲ އާދަމަށް ބަދަލުކޮށްފަ އެވެ.
ތަފްސީލް - ފޭދޫގެ މިސްކިތެއްގައި އަބްދުﷲ ޝަހާދަތް ކިޔައި، އިސްލާމް ދީން ގަބޫލުކުރާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ވެސް، ފޭދޫގައި މަސައްކަތް ކުރި ލަންކާގެ ޒުވާން ފިރިހެނަކު ވަނީ އިސްލާމްވެފަ އެވެ.
އެނގުން މުހިއްމު - މީގެ ހަފުތާއެއް ކުރިން، ކ. ދިއްފުއްޓަށް ދިޔަ ޓޫރިސްޓު އަންހެނަކު ވެސް ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ.
ފޭދޫގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ